ޗައިނާގެ ދެކޮޅުގައިވާ ދެ ސިޓީއެއްގައި ކޯވިޑްގެ ބަލި ފެންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ހާރބިން އަދި ފުޖިއަންގެ ސިޓީތަކުން މިދިޔަ ބުރާސްފަތި ދުވަހާއި ހަމަޔަށް 30 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި މި ހުރިހާ އެންމެންނަކީ ވެސް ކޯވިޑްގެ މިހާތަނަށް އެންމެ ނުރައްކާތެރި ކަމަށް ފެނުނު ޑެލްޓާ ވޭރިއަންޓް ޖެހިފައި ތިބި މީހުންކަން ތަހުލީލު ކުރާ ލެބޯރެޓަރީ އިން ކަށަވަރު ކޮއްދީފަ އެވެ.
ހާރބިން އިން ފެނިފައިވާ 15 ކޭސް ވެސް ބަނީ ބަޔަން ކައުންޓީގަ އެވެ. މި އެންމެންވަނީ ކަރަންޓީން ކުރެވި މުޅި ސިޓީގެ ތެރޭގައި ޓެސްޓު ކުރުމުގެ މަސައްކަތް ފެށިފަ އެވެ.
ފުޖިއަން އިން ފެށުން މި ޑެލްޓާ އައުޓްބްރޭކް ހާރބިން އިން ފެނިފައި ވާއިރު، ހާރބިންގައި އެއްދުވަހުގެ މައްޗައް 8 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. މި ވޭރިއަންޓްގައި އަދި އެއްވެސް މީހަކު މަރުވެފައި ނުވާއިރު، މި ދެ ސިޓީގެ ކްލަސްޓަރ ތަކުގައި ގުޅުމެއް ވާކަމަށްވެސް އަދި ފެނިފައެއް ނުވެ އެވެ.
ކޯވިޑްގެ އިތުރު ކޭސްތައް ފެންނަމުންދާ ވަރަކަށް މި ސިޓީތަކުގެ އިޤްތިޞާދައް ބުރޫ އަރާފާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ގިނަ ޓޫރިސްޓުންތަކެއް ޗައިނާއަށް ދަތުރުކުރާ އެންމެ ބޮޑު އެއް ބަންދު ފެށެން އަންނަ އިރުގައި މި ސިޓީތަކަށް ވަންނަ އާމްދަނީ މިކަމުގެ ސަބަބުން ކުޑަވެގެން ދާނެ ކަމަށް ލަފާކުރެވެ އެވެ.
މިކަމާ ގުޅޭ މާހިރުންވެސް ދަނީ މި ސިޓީތަކަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރަމުން ނެވެ.
ނެޝަނަލް ހެލްތް ކޮމިޝަން އިން ރިޕޯޓްކުރާ ގޮތުގައި އެ ގައުމުން ބޭރުން އެތެވެފައިވާ 24 ކޭސްއެއް ވަނީ ފެނި ފައެވެ. އަދި އަލާމާތެއް ނުފެނިވެސް ބަލިވެފައިވާ މީހަކު ވަނީ ޝަންހާއީގައި ރިކޯޑް ކުރެވިފަ އެވެ.
ޗައިނާގައި މިވަގުތު 1،009 ކޭސް ރިކޯޑް ކުރެވިފައިވާ އިރު، 16 މީހެއް ވަނީ ނާޒުކު ފައްތަރެއްގަ އެވެ. އަދި ދެ މީހަކީ އަލާމާތެއްނެތި ބައްޔައް ޕޮޒިޓިވްވެފައި ތިބި މީހުން ނެވެ.
ކޯވިޑް-19 އަކީ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ޢާންމުވި ބައްޔެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް