ޑީޕީއެލްގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ޝާހު އިސްމާއިލް ހަމަޖައްސައިފި

ދިވެހި ޕްރިމިއަރ ލީގް (ޑީޕީއެލް)ގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ޝާހް އިސްމާއިލް ހަމަޖައްސައިފި އެވެ. 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގު މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަ...

24 Sep 2021 | 13:09

ދިވެހި ޕްރިމިއަރ ލީގް (ޑީޕީއެލް)ގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ޝާހް އިސްމާއިލް ހަމަޖައްސައިފި އެވެ.

2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގު މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެފްއޭއެމް އިން ފޯމެޓެއް އެކުލަވާލާ، އެ ފޯމެޓާ އެއްގޮތަށް ލީގު ކުރިއަށް ގެންދިއުމަށް އަންނަނީ މަސައްކަތް ކުރަމުން ނެވެ. އަދި ޝާހް ހަރަކާތްތެރިވާނީ މި މަސައްކަތުގެ އިދާރީ ކަންކަމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގަ އެވެ.

ޝާހް ވިދާލުވީ ދިވެހި ފުޓުބޯޅައަށް ޚިދުމަތް ކުރުމަށް ފުރުސަތެއް ލިބުމުުން އެކަން އުފަލާއެކު ބަލައިގަންނަކަމަށެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީ ގެ މަގާމު ވެސް ފުރުއްވާފައިވާ ޝާހު ރާއްޖޭގެ ފުޓްބޯޅައިގެ މައިދާނުން މިފެންނަނީ ގާްތްގަޑަކަށް 8 އަހަރަށް ފަހު އެވެ.

ފުޓްބޯޅަ ކުޅުއްވި ދުވަސްވަރު ވެސް ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ޝާހު އިސްމާއީލް އަކީ އޭނާގެ ރަން ދުވަސްވަރު ގިނަ ޑިފެންޑަރުން އެންމެ ޖެހިލުންވާ އެއްފޯވަރޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް