ޖެޓް ސްކީ މެރަތަންގެ ބައިވެރިން މިއަދު މާލެއަށް ޒިޔާރަތް ކުރަނީ

ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކުރާ ޖެޓް ސްކީ ޓުއަރގެ ނުވަތަ ޖެޓް ސްކީ މެރަތަންގެ ބައިވެރިން މިއަދު މާލެއަށް ޒިޔާރަތް ކުރާނެ އެވެ. ޓުރިޒަމް މިނިސްޓްރީން ބުނީ މި ޓުއަރގެ ބައިވެރިން މާލެއަށް އ...

24 Sep 2021 | 11:40

ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކުރާ ޖެޓް ސްކީ ޓުއަރގެ ނުވަތަ ޖެޓް ސްކީ މެރަތަންގެ ބައިވެރިން މިއަދު މާލެއަށް ޒިޔާރަތް ކުރާނެ އެވެ.

ޓުރިޒަމް މިނިސްޓްރީން ބުނީ މި ޓުއަރގެ ބައިވެރިން މާލެއަށް އަންނާނެ ކަމަށް މިހާރު ލަފާ ކުރެވެނީ މިއަދު ހަވީރު 5 ޖަހާ އިރަށް ކަމަށެވެ. އަދި މިކަމަށް ބާއްވާ ކުޑަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ޓުއަރގެ ބައިވެރިން ގާތްކުރާނީ ޖެޓީ ނަމްބަރ 1 އަށް ކަމަށެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ “ޖެޓްސްކީ ޓުއާރ 2021” 6 މީހުންނާއެކު ފަށާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. މި ޓުއަރ ގައި އެދައިރާގެ ތަޖުރިބާ ހުރި 6 މީހުން ބައިވެރިވެފައިވާ އިރު، އެ ދަތުރު ފަށައިފައިވަނީ ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނުން ނެވެ.

މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކޮށްފައިވާ މި ހަރަކާތް ކުރިއަށްދާނީ މިމަހުގެ 22 އިން 27 އަށެވެ.

ޖެޓްސްކީ ދުއްވާ ބައިވެރިން 20 ރަށަކަށް ދަތުރުކޮށް ބައެއް ރަށްތަކުގައި ރޭގަނޑަށް މަޑުކުރުމަށް ނިންމާފައިވާ އިރު، ދަތުރު ކުރަން ހަަމަޖެހިފައިވަނީ ކޮންމެ އަތޮޅަކުން ރަށަކަށެވެ.

މި ދަތުރުގައި ޖެޓް ސްކީގެ ޓީމު މާދަމާ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ރ. ރަސްމާދޫ އަށެވެ.

ހއ. ތުރާކުނުން އައްޑޫ ސިޓީއަށް ކުރާ މި ދަތުރުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އެމްއެންޑީއެފް ގެ ފަރާތުން ނެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރު 27 އެވެ.

މި ޓުއަރގެ ޑިޖިޓަލް ޕާޓްނަރ ކަން އުރީދޫ އިން ވަނީ ނަގާފަ އެވެ.

https://twitter.com/MoTmv/status/1441337094031380488

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް