އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކުގެ މަގު ހެދުމަށް ބޭނުންވާ ސާމާނު އިންޑިޔާއިން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އެގޮތުން އައްޑޫއަށް ގެންނަ ސާމާނުތަކުގެ ތެރޭގައި ވޭނާއި، އެކްސްވޭޓަރާއި މަގު ހަދަން ބޭނުންކުރާ މިނޫންވެސް އިތުރު ސާމާނު ހިމެނެ އެވެ.
މި މަޝްރޫގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގާތް ގަނޑަކަށް 40 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަކަށް ހެދުން ހިމެނެ އެވެ. އަދި މަގު ބައްތި ޖެހުމާއި ހުރިހާ މަގުތަކެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ތާރު އެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯ މީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ 1.1 ބިލިޔަން ރުފިޔާއަށް ދިވެހި ސަރުކާރުން އިންޑިޔާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗަރއާއި ހަވާލު ކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް