ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބޭތިއްބުމަށްޓަކައި ފ. ނިލަންދޫގައި ޚާއްސަ ޗިލްޑްރެންސް ހޯމް އެއް ތަރައްޤީކުރަން ނިންމައިފި އެވެ.
އެގޮތުން މިއީ މި ކުދިންނަކީ މުޖުތަމައުގެ ބައިވެރިވުމާއެކު ބޮޑެތިވާ ކުދިންނަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ޗިލްޑްރަންސް ހޯމް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސރވިސް އިން ފ. ނިލަންދޫގައި ޤާއިމު ކުރުމަށްއެދޭ ކުޑަކުދިނަށް ޚާއްސަ ގެއެއް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ބާރަ ވަނަ ދުވަހާއި ހަމައަށް އެކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާ ކަމަށެވެ.
ސަރުކާރުން ހާމަ ކުރައްވާ ގޮތުގައި މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް މި އަހަރުގެ ބަޖެޓުގައި 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެ އެވެ.
މި މަޝްރޫޢު އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ހާމަ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް