އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މިހާތަނަށް ފަސް މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިއޮފީހަށް ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް މިހާތަނަށް ބަލަން ފަށާފައެއް ނުވެ އެވެ.
އެހެންނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދަޢުލަތުގެ އާމްދަނީ އާއި ޚަރަދުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިންތިޤާލީ އިންސާފުގެ އޮފީހަށް ޚަރަދުކޮށްފައިވާ އަދަދު ވަނީ މަހެއްގެ މައްޗައްބަލާނަމަ 555.555 ރުފިޔާއަށް އަްރާފަ އެވެ.
މި އޮފީހަށް މައްސަލަ ބަލަން ހުޅުވާލި ފުރުސަތު މިމަހުގެ ތޭރަ ވަނަ ދުވަހާއި ހަމަައަށް ހަމަވެފައި ވާއިރު، 400 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެހެންނަމަވެސް މީގެ ތެރެއިން ބަލަން ހަމަޖެހިފައިވަނީ ނަވާރަ މައްސަލަ އެކެވެ.
އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ދިވެހިންނަށް ލިބިދިނުމަށް ޓަކާ މިފަދަ އޮފީހެއް އުފެއްދުން އެއީ ރައީސް ޞާލިހްގެ ވައުދެކެވެ.
ފާއިތުވި އަހަރު ޑިސެމްބަރުގައި އުފެއްދި މިި އޮފިހުގެ މަސައްކަތަކީި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީންގެ ވެރިކަމުން ފެށިގެން ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ހަމައަށް ރޭވިގެން ދައުލަތުގެ ވެރިޔަކު ނުވަތަ ދައުލަތުގެ އިދާރާއަކުން މީހެއްގެ އިންސާނީ ހައްޤަކަށް އަރައިގަނެފައިވާނަމަ މައްސަލަ ބަލައި އިންސާފު ހޯދައިދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް