އިންސާފު ހޯދުމަށް "އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން" ބޭއްވުމަށް ނިންމާފައިވާ ބޮޑު ޖަލްސާ މިރޭ އޮންނާނެ އެވެ.
އެ ކޯލިޝަނުން ބުނީ މި ޖަލްސާ ފަށާނީ ކާނިވާ ސަރަހައްދުގައި މިރޭ 20:15 ގައި ކަމަށެވެ.
މިއީ އިންސާފު ހޯދުމަށް ގޮވާލައި، އެކޯލިޝަނުން އިންތިޒާމު ކުރާ ހަރަކާތްތަކުގެ މައުލޫމާތާއި ލީޑަރޝިޕްގެ މުހިންމު މެސެޖްތަކެއް ދިނުމަށް ބާއްވާ ޚާއްސަ ޖަލްސާއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެފައިވަނީ މިނިވަންކަމާއި އިސްތިގުލާލު ގެއްލި، އިސްލާމްދީނަށް ފުރައްސާރަކޮށް، އަދުލު އިންސާފުގެ ތެރެއަށް އަތްބާނާ ފަދަ ކަންތައްތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މިރޭގެ ޖަލްސާގައި ހާމަ ކުރާނެ ކަމަށެވެ. އަދި މި ކަންބޮޑުވުންތައް ސަރުކާރަށް ތިލަކޮށްދިނުމަކީ ވެސް މި ޖަލްސާ ބާއްވާ މަގުސަދެއް ކަމަށެވެ.
މި ޖަލްސާގައި ޚާއްސަ ކަންތަކެއް ހިނގާނެ. ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ވަނީ ލިބިފަ.
ކޯވިޑާއި ގުޅިގެން މިހާރު ޖަލްސާތައް ބޭއްވުމަށް ހުރަހެއް ނެތް." ސުޖާއު ވިދާޅުވި އެވެ.
ސުޖާއު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖަލްސާގައި ބައިވެރިވުމަށް ފުރުސަތު އޮތް ކަމަށާއި ނަމަވެސް ކޯލިޝަނަށް ތާއީދު ކުރާ ރަށްރަށުގެ މީހުން މާލެ އަންނަން ބާރު ނާޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް