އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މާދަމާ – 92،743 މީހުންނަށް ވޯޓު ލާނެ

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މާދަމާ އޮންނާނެ އެވެ. މި އިންތިޚާބާއިބެހޭ ގޮތުން އިންތިޒާމު ކޮމެޓީގެ މެންބަރު އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެފައިވަނީ ރަށްރަށުގަ...

24 Sep 2021 | 08:35

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މާދަމާ އޮންނާނެ އެވެ.

މި އިންތިޚާބާއިބެހޭ ގޮތުން އިންތިޒާމު ކޮމެޓީގެ މެންބަރު އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެފައިވަނީ ރަށްރަށުގައި ވޯޓުލުން ކުރިއަށްދާނީ އެރަށެއްގެ ސްކޫލުގައި ކަމަށެވެ. އަދި މާލޭގައި 15 ސްކޫލަކާއި ސޯޝަލް ސެންޓަރުގައި ކަމަށެވެ.

" މޮނިޓަރިންގައި ހުރި ރަށްތަކުގައި ވެސް ވޯޓުލުން ކުރިއަށްދާނެ." ޑރ. ޢައިޝަތު އަލީ ވިދާޅުވެފައި ވެއެވެ.

އެ ޕާޓީން މިހާރު ނިންމާފައިވަނީ ތ.ގުރައިދޫގައި ކޯވިޑްގެ ހާލަތު އޮތްގޮތުން ވޯޓުލުން ކުރިއަށް ނުގެންދިއުމަށް ކުރިން ނިންމި ނިންމުން ބަދަލުކޮށްފަ އެވެ.

އެގޮތުން އެ ޕާޓިން ބުނީ އިންތިޚާބު ކޮމިޓީއަށް ހުށަހެޅުނު ޝަކުވާތައް ބެލުމަށް ފަހު، ކޮމިޓީން ނިންމި ގޮތް މުރާޖަޢާކުރުމަށް ކަނޑައަޅައި، އެ ދާއިރާގެ ގުރައިދޫއާއި ގާދިއްފުށީގައި، ޕްރޮވިންސްގެ މަގާމުތަކަށް ވޯޓުލުމުގެ އިތުރުން، ދާއިރާގެ މަޤާމުތަކަށް ވޯޓުލުން ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިކަމަށް އެމްޑީޕީން ބުނެ އެވެ.

މާދަމާގެ އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭ އިރު، އެކި ދާއިރާތަކުގައި 300 ވޯޓުފޮށި ބަހައްޓާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. އަދި 900 އަށްވުރެ ގިނަ އޮފިޝަލުން މި އިންތިޚާބުގެ އެކި ކަންކމަުގައި އެކިގޮތްގޮތުން ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރާ އިރު، މީގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ ވޯޓަކާއި ނުލައި އިންތިޚާބު ވެފަ އެވެ. އެއީ އެމްޑީޕީގެ އިންތިޚާބާބެހޭ ޤަވާއިދު ބުނާގޮތުން ޤައުމީ މަޖިލިސް އިންތިޚާބުގައި ކުރިމަތިލާ ދާއިރާތަކަށް ހޮވަންޖެހޭ ޢަދަދަށް ކުރިމަތިލައިފިނަމަ އެކެނޑިޑޭޓަކު ވޯޓަކާއި ނުލައި އިންތިޚާބުވާނެތީ އެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވީ މާދަމާގެ އިންތިޚާބަކީ މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އިންތިޚާބު ކަމަށެވެ.

މި އިންތިޚާބު ކުރާ މެމްބަރުން އެމްޑީޕީ ހިންގުމާއި ހަވާލުވާ ބަޔަކަށްވާއިރު، އެފަދަ ބަޔަކު އިންތިޚާބު ވުމަކީ މުހިންމު ކަމެއްކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް