ކަމަދޫއިން ދިރިއުޅުމަށްޓަކާ، ބަންޑާރަ ގޯތީގެ ގޮތުގައި 2000 އަކަފޫޓްގެ 64 ގޯތި ދޫކުރުމަށް މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ އިން ނިންމައި އެ ކަން އިއުލާންކޮށްފިއެވެ.
އެ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ ގޯއްޗަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލާ ކަމަށެވެ. އަދި މިކަމަށް އެދިލައްވާ ފަރާތްތަކުން "ބ. ކަމަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 24 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 13.30ގެ ކުރިން ފޯމްގެ އަޞްލު އެ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އިޢުލާންގައި ބުނީ، މިނޫން ގޮތަކަށް ހުށަހަޅާ ފޯމް ބަލައިނުގަނެވޭނެ ކަމަށާއި .ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 24 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30 ން 13:30 ގެ ނިޔަލަށް ކަމަށެވެ.
"ބ. ކަމަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" 23 ސެޕްޓެމްބަރ 2021 ވަނަ ދުވަހުން ފެށިގެން ރަސްމީގަޑީގައި ކައުންސިލްގެ އިދާރާ އިން ލިބެން ހުންނާނެ ކަމަށް ކަމަދޫ ކައުންސިލުން ހާމަކުރެއެވެ.
ބ. ކަމަދޫ އިން ގޯތި ދޫކުރުމުގެ އުޞޫލް މިހާރު ވަނީ ގެޒެޓްގައި އާންމުކޮށްފައެވެ. ގޯތި ދޫކުރުމުގެ އެންމެހާ ކަންކަން ކުރިއަށް ދާނީ މި އުސޫލާ އެއްގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް