ކޮވިޑުގައި އިތުރު ދިވެއްސަކު ދުނިޔެ ދޫކޮށްފި

ދިވެހިރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި 46 އަހަރުގެ މީހަކު މަރު ވެ، ޖުމުލަ 229 އަށް އަރައިފި އެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓ...

24 Sep 2021 | 04:17

ދިވެހިރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި 46 އަހަރުގެ މީހަކު މަރު ވެ، ޖުމުލަ 229 އަށް އަރައިފި އެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން އައި އަންހެނެކެވެ. ހދ. ނައިވާދު އަށް ނިސްބަތްވާ އެ މީހާ މަރުވެފައި ވަނީ ރޭ ދަންވަރު 03:02 ގަ އެވެ.

އޭނާގެ މައްޗަށް ކުރި ކަށު ނަމާދު އޮތީ މިއަދު ހެނދުނު 07:00 ގައި، ހުޅުމާލޭ އާސަހަރާ މިސްކިތުގަ އެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މި މަހު 16 ވަނަ ދުވަހު އެވެ. އެއީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދުގެ މަރާ އެކު ރާއްޖެއިން  ކޯވިޑް-19ގައި މަރުވި މީހުންގެ ޖުމުލަ އަދަދު 229 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 212 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް