އުދަ އަރައި، ކުރެންދޫގެ ނަމޫނާ ފުޓްބޯޅަ ދަނޑަށް ބޮޑެތި ގެއްލުންތަކެއް

ޅ. ކުރެންދުއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ އުދަ އަރަން ފެށިކަން ފާހަގަކުރެވުނީ ރޭ ދަންވރު 01:30 ހާއިރު ކަމަށެ...

24 Sep 2021 | 03:45

ޅ. ކުރެންދުއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ އުދަ އަރަން ފެށިކަން ފާހަގަކުރެވުނީ ރޭ ދަންވރު 01:30 ހާއިރު ކަމަށެވެ.

"ރަށުގެ ފުޓްބޯޅަދަނޑަށް ވަރަށް ގެއްލުންވި، ތިން ގެއަކަށް އުދައިގެ އަސަރުކޮށްފައިވާއިރު ދެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ" ކައުންސިލްގެ އޮފިޝަލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރެއިން، ދެ ގެއެއްގައި ހިފާގެންގުޅޭ ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އެ ދެގޭގައި ފަރުނީޗަރުތަކާއި ފުރިޖުފަދަ ތަކެތި ބޭނުން ނުކުރެވޭވަރަށް ގެއްލުން ލިބިފައިވާކަމަށެވެ.

އުދަ އަރައި ކުރެންދުއަށް ގެއްލުންތަކެއް ލިބިފައިވާއިރު ކުރެންދޫގެ ފުޓްބޯޅަ ދަނޑަކީ ރާއްޖޭގައި، ރީތި، ފުރިހަމަކަމަށް ނަމޫނާ ދަނޑެކެވެ. ކުރެންދޫގެ މަލަމަތިން އެ ދަނޑު ފެންނަ ރީތި ފޮޓޯތަަކަށް ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުކަމެއް ލިބިގެންގޮސްފައިވެއެވެ.

ރަށަށް އެރި ލޮނު ހިއްކުމަށް އެމްއެންޑީއެފާއި ރަށުގެ ރައްޔިތުން މިހާރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް