ސޮއި ފޯޖުކޮށްގެން ޗެކަކަށް ފައިސާ ނެގި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ހޯދަން އިއުލާނު ކުރި މީހާގެ ފޮޓޯ އާއްމު ކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ ފޮޓޯއިން ފެންނަ މީހާއަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.
މިމީހާ ހޯދަމުންދަނީ ޗެކެއްގައި ސޮއި ފޯޖްކޮށްގެން ފައިސާތަކެއް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.
މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަތު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް