ރޭ މާލޭގައި ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނަކު މަރުވެފައިވާއިރު ހަމަ އެ މާރާމާރީގައި ޒަހަމްވި ދެވަނަ ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލލުން ބުނެފައިވަނީ އުމުރުން 24 އަހަރުގެ އެ ޒުވާނާ އޮޕަރޭޝަނެއް ކޮށްފައިވާކަމަށެވެ. މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ރޭ މާރާމާރީ ހިންގާފައިވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގަ އެވެ. މާރާމާރީގައި މަރުވެފައިވަނީ ވ ކެޔޮދޫ ދޭލިޔާގޭ މޫސާ އަހްމަދު އެވެ. އެއީ 19 އަހަރުގެ ޒުވާނެކެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މި މާރާމާރީއާއި ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް