އަކްޝޭގެ ޅިޔަނު، ކަރަން ކަޕާޑިއާ ބޮލީވުޑަށް !

ބޮލީވުޑް ތަރި އަކްޝޭ ކުމާރުގެ ޅިޔަނު، ކަރަން ކަބާޑިއާ ބޮލީވުޑް ފިލްމެއްގެ މަސައްކަތް ފަށާފައިވާއިރު އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ، ކަރަން ކަބާޑިއާއަށް މަރުހަބާ ކިޔައިފި އެވެ. ކަރ...

24 Sep 2017 | 02:33

ބޮލީވުޑް ތަރި އަކްޝޭ ކުމާރުގެ ޅިޔަނު، ކަރަން ކަބާޑިއާ ބޮލީވުޑް ފިލްމެއްގެ މަސައްކަތް ފަށާފައިވާއިރު އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ، ކަރަން ކަބާޑިއާއަށް މަރުހަބާ ކިޔައިފި އެވެ.

ކަރަން ކަބާޑިއާ އަކީ ޓްވިންކަލް ކަންނާގެ ކޮއްކޮ އެވެ.

އަކްސޭ ކުމާރު ބުނެފައިވަނީ ކަރަން އަކީ ވަރަށް ޒުވާން އުމުރުގައި އަމިއްލަ ޒިންމާތައް އުފުލަން ފެށި މީހެއް ކަމަށާއި މިއީ ކަރަންގެ ފުރުސަތު ކަމަށެވެ. އަކްސޭ ސިފަކޮށްފައިވަނީ ކަރަން އަކީ އޭނާގެ ދަރިއެއްގެ ގޮތުގަ އެވެ. ކަރަން ފުރަތަމަ ކުޅޭ ފިލްމަކީ އެކްޝަން ޑްރާމާ ފިލްމެކެވެ.

ކަރަން އަށް މަރުހަބާ ކިޔުމުގެ ގޮތުން އޭނާގެ ދައްތަ ޓްވިންކަލް ކަންނާ ބުނެފައިވަނީ އޭނާ ހުރީ ކަރަންގެ ފިލްމު ބެލުމަށް ކެތްމަދުވެފައި ކަމަށެވެ.

ކަރަންގެ ފުރަތަމަ ފިލްމާއިބެހޭ މާ ގިނަ މައުލޫމާތެއް އަދި މީޑިއާއާއި ހަމައަށް ތިލަވެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް