މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ ޝޭޚަކު އެ ޔުނިވާސިޓީގެ ޔުނީފޯމުގައި ހުރެ، ޓީވީ ޝޯއެއްގައި ލަވަ ކިޔުމުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.
ސަސްޕެން ކޮށްފައިވަނީ އަލް އަޒްހަރީ ޝެއިޚް އިހާބު އަލް ޔޫނިސް އެވެ. އޭނާ މިސްރުގެ ޓީވީ ޗެނަލަކު ދެއްކި ޝޯއެއްގައި ކިޔާފައިވާ ލަވަ އަކީ "ލޭސާ ފޭކަރު" މި ލަވަ އެވެ. އޭނާ މި ލަވަ ކިޔާފައިވަނީ ދާދި ފަހުން މަރުވި މިސްރުގެ ލަވަކިޔުންތެރިއެއް ކަމުގައިވާ އުލް ޚަލްތޫމް އަށް "ޓްރިބިއުޓް" އެއް ދިނުމުގެ ގޮތުންނެވެ.
މިސްރުގެ މިނިސްޓްރީ އޮފް އައުޤާފް މިނިސްޓްރީގެ ދީނާއިބެހޭ ސެކްޓަރުގެ ވެރިޔާ ޝެއިޚް ޖާބިރު ތާޔާ ބުނެފައިވަނީ ޝެއިޚް ޔޫނިސް އަލީ ބިން އަބީ ތާލިބު މިސްކިތުގެ އިމާމު ކަމަށެވެ. އެ މިސްކިތް ބަލަހައްޓަނީ އަވްޤާފް އަލް ސަލާމް މެނޭޖްމެންޓުން ކަމަށެވެ. އަދި ޝެއިޚް ޔޫނިސްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައި ވެ އެވެ.
އަލް އަޒްހަރު ޔުނިވާސިޓީން ވަނީ ޝެއިޚްގެ އެ އަމަލު ކުށށްވެރިކޮށް އޭނާ ސަސްޕެންޑް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް