އައު އައިފޯނުގެ ވާހަކަ މި ދެއްކެނީ މާ ގިނައިން ކަމަށްވެދާނެ އެވެ. ނުދައްކާ ވާން ނެތީ އެވެ. ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި މުޅިންހެން އޮތީ އައިފޯނުގެ ވާހަކަ އެވެ.
މިއީ "ޓޮމްސް ގައިޑުން" ކޮށްފައިވާ ޓެސްޓެކެވެ. މި ޓެސްޓްގައި އަޅާ ކިޔާފައިވަނީ އައިފޯނު 8 އަދި ސެމްސަންގް ގެލެކްސީ ނޯޓް 8 ގެ އިތުރުން ގެލެކްސީ އެސް 8 ފޯނެވެ.
މި ޓެސްޓްގައި ދެ މިނެޓްގެ ވީޑިއޯއެއް 4 ކޭ ކޮލިޓީގައި އެކްސްޕޯޓް ކޮށްފައިވާއިރު އެ ކޮލިޓީގައި ދެ މިނެޓްގެ ވީޑިއޯ އެކްސްޕޯޓް ކުރުމަށް އައިފޯނު 8 ގައި ހޭދަވެފައިވަނީ 42 ސިކުންތެވެ. ނޯޓް 8 ގައި ތިން މިނެޓާއި ތިން ސިކުންތު ހޭދަވާއިރު އެސް 8ގައި ހަތަރު މިނެޓާއި ހަތް ސިކުންތު ހޭދަ ވެ އެވެ.
ޓޮމްގެ މި ގައިޑަށްފަހު ކަމާބެހޭ މާހިރުން ބުނެފައިވަނީ ސްޕީޑްގައި އެޕަލް އާއި ފައި ހަމަ ކުރަން ސެމްސަންގް އަށް ލައްކަ ބުރަ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް