މިދުވަސްކޮޅު ދެކެވޭނީ މުޅީންވެސް މި ފޯނުގެ ވާހަކަ އެވެ. ޓެކްނޮލޮޖީގެ ދުނިޔޭގައި މިހާރު އެންމެ ހިނގާ ވާހަކައަކީވެސް މިއެވެ.
މިފަހަރު މިއޮތީ އެޕަލް އިން އަލަށް ނެރުނު އައިފޯނުގެ ކެމެރާގެ މޮޅު ކަމުގެ ވާހަކަ އެވެ.
ކެމެރާ ރިވިއުކުރާ ކުންފުންޏެއް ކަމުގައިވާ ޑީއެކްސްއޯ މާކުން މިވަނީ އައު އައިފޯނުގެ ކެމެރާ ޓެސްޓް ކޮށް ރިވިއު އެއް އާއްމު ކޮށްފަ އެވެ. އެމީހުންގެ ރިވިއުގައި ކުރުކޮށް ފޮނިކޮށް ބުނެފައިވަނީ "ފޯނެއްގައި މިވަރު ކެމެރާއެއް އަދި ނެތް" ކަމަށެވެ.
ޑީއެކްސްއޯ ލެބުން ސިފަކޮށްފައިވަނީ ފޮޓޯނަގަން އައިފޯނު 8 ގެ ކެމެރާ އަކީ ހުރިހާ ކަނޑަކަށްވެސް ހެޔޮވަރު އޮޑިއެއްގެ ގޮތުގަ އެވެ.
އެ ކެމެރާއިން އޮޓޯ ފޯކަސް ކޮށްލާލެއް މޮޅު ކަމެވެ. ލޯލައިޓްގައި ކެމެރާއިން ލައިޓް އެޖަސްޓް ކޮށްލާލެއް މޮޅު ކަމެވެ. އަދި ނުވިދާތަށް ޒޫމް ކޮށްލުމުގައި ހުރި "ސްމޫތު" ކަމުގެ ވާހަކަވެސް އެމީހުން ފާހަގަ ކޮށްލެވެ އެވެ.
ޑީއެކްސްއޯ ކުންފުންޏަކީ ތޯތޯ ކުންފުންޏެއް ނޫނެވެ. ޑީއެސްއެލްއާރު ކެމެރާވެސް ރިވިއު ކުރާ މި ކުންފުންޏަކީ ކެމެރާ ރިވިއު ކުރުމުގައި ދުނިޔޭގެ ރޭންކްގައި ގަދަ ފަހެއްގައި ހިމެނޭ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް