ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެފައިވާކަމަށެވެ.
"މި ހާދިސާގެ މަޢުލޫމާތު 03:53 ހާއިރު ލިބުމާއެކު އެމްއެންޑީއެފް އެފްއާރުއެސްގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ރޯވެފައިވަނީ މަޖިލީގުގެ އިދާރާގެ ފުރަތަމަ ފަންގިފިލާގެ ވުޟޫކުރަން ބޭނުންކުރާ ތަނުގައި ހުރި ޑަސްބިނަކާއި ޓިޝޫ ފޮއްޓެއްގައެވެ." އެމްއެންޑީއެފުން ބުނެފައި ވެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށެވެ.
މި އަހަރުގެ ޖުލައި މަހުގެ 31ގައިވެސް މަޖިލީހުގެ ފާހާނާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް