އެޕަލްގެ އައު އައިފޯނު ފްލެގްޝިޕް، އައިފޯނު 8 އަދި އައިފޯނު 8 ޕްލަސް، މިދިޔަ ހުކުރު ދުވަހު ވިއްކަން ފަށާފައިވާއިރު އައިފިކްސިޓް ޔޫޓިއުބު ޗެނަލުން މިވަނީ އައު އައިފޯނު 8 ރޫޅާލާފަ އެވެ. އަދި އެތެރޭގައި ހިމެނޭ ކޮމްޕޮނެންޓް ތަކަކީ ކޮބައި ކަމާ އަލުން ރޭވުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށް ކަމާ އަލުން ރާވައިފިނަމަ ފޯނު ބޭނުން ކުރުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށްކަން އައިފިސްއިޓުން ވަނީ ބުނެދީފަ އެވެ.
ވީޑިއޯ ތިރީގައި އެވަނީ އެވެ.
https://youtu.be/OpqoDvSTlZU
އައިފިކްސްއިޓުން ބުނެފައިވާގޮތުގައި އައިފޯނު 8 ރޫޅާލުމަށްފަހު މި ވީޑިއޯގައި ބުނެފައިވަނީ އާއްމުކޮށް ބަދަލުކުރަން ޖެހޭ ދެ ކޮމްޕޮނެންޓް ފަސޭހައި ނައްޓާލެވޭ ކަމަށާއި ވަޔަރލެސް ޕޯޓެއް އިނުމުން ޗާޖަރު ޕޯޓް ހަލާކުވިޔަސް ޗާޖު ކުރެވޭނެ ގޮތެއް އޮތުމުން އެ ރިސްކުވެސް ކުޑަ ކަމަށާއި ނަމަވެސް ރޫޅާލައިފިނަމަ ވޯޓަރ ޕްރޫފް އަދި ޑަސްޓް ޕްރޫފް ކުރުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް