ރޮހިންގާ މުސްލިމުންނަށް އެހީވުމަށް މިހާރުން މިހާރަށް 200 މިލިޔަން ޑޮލަރު ބޭނުންވޭ: އދ

މިޔަންމާ ސަރުކާރުން އެގައުމުގެ ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ ދަރިކޮޅުގެ މުސްލިމުން މަރަން ފެށުމުން، އެ މުސްލިމުން އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާއިރު އެ ފަރާތްތަކަށް އެހީވު...

23 Sep 2017 | 22:50

މިޔަންމާ ސަރުކާރުން އެގައުމުގެ ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ ދަރިކޮޅުގެ މުސްލިމުން މަރަން ފެށުމުން، އެ މުސްލިމުން އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާއިރު އެ ފަރާތްތަކަށް އެހީވުމަށް މިހާރުން މިހާރަށް މަދުވެގެން 200 މިލިޔަން ޑޮލަރުގެ އެހީ ބޭނުން ވާކަމަށް އދ އިން ބުނެފި އެވެ.

އދ އިން ބުނެފައިވާގޮތުގައި ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފައިވާ ރޮހިންގާ މުސްލިމުންގެ އަދަދު ވަނީ ހަތަރު ލައްކައަށްވުރެ މައްޗަށް އަރާފަ އެވެ.

އެހީދޭ ޖަމާއަތްތަކުން ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ގާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުގައި ހަރަކާތްތެރިވަމުން އަންނައިރު އެހީގެ ގޮތުގައި 200 މިލިޔަން ޑޮލަރު ލިބިއްޖެ ނަމަ ކުރިއަށް އޮތް ހަމަސް ދުވަހު ރޮހިންގާ މުސްލިމުންނަށް އެހީ ވެވިދާނެ ކަމަށް އދ އިން ބުނެ އެވެ.

އދ އިން އިތުރަށް ބުނެފައިވަނީ މިހާރުގެ ހާލަތަށް ރިއާޔަތް ކުރާއިރު ރެފިއުޖީ ކޭމްޕްތަކުގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް