ދުބާއީގައި ސަރުކާރުގެ ހަރަދުގައި ގެތަކުގައި ސޯލާ ޕެނަލް ހަރުކޮށްދެނީ

ދުބާއީގެ އެލެކްޓްރިސިޓީ އަދު ވޯޓަރ އޮތޯރިޓީން، ހައްޓާ ވިލެޖުގެ ގެތަކުގައި، ސަރުކާރު ހަރަދުގައި ހިލޭ ސޯލާރ ޕެނަލް ހަރުކޮށްދޭން ނިންމައިފި އެވެ. އެ އޮތޯރިޓީން ބުނެފައިވަނީ އެ ނިންމުމަކީ އެކުވެރި އަރަބި ...

23 Sep 2017 | 22:38

ދުބާއީގެ އެލެކްޓްރިސިޓީ އަދު ވޯޓަރ އޮތޯރިޓީން، ހައްޓާ ވިލެޖުގެ ގެތަކުގައި، ސަރުކާރު ހަރަދުގައި ހިލޭ ސޯލާރ ޕެނަލް ހަރުކޮށްދޭން ނިންމައިފި އެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ އެ ނިންމުމަކީ އެކުވެރި އަރަބި އިމާރާތުގެ ރައްޔިތުންނަކީ އިއާދަކުރަނިވި ހަކަތައަށް ލޯބިކުރާ ބަޔަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ. ހައްޓާ އަވަށް ތަރައްގީ ކުރުމުގެ ޕްލޭންގައިވެސް ހިމެނޭ ކަމެއް ކަމަށެވެ.

ގެތަކުގައި ސޯލާރ ޕެނަލް ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު އެ އޮތޯރިޓީން މިހާރު އަންނަނީ ގެތަކަށް ޒިޔާރަތް ކޮށް، ސޯލާ ޕެނަލް ހަރުކުރުމުގެ ކަންކަން ކުރިއަށްދާނެ ގޮތް ރަށްވެހީންނަށް ކިޔައިދެމުންނެވެ. މި ޕްރޮޖެކްޓް މެނޭޖް ކުރާނީ އެތިހާދުގެ "އެސްކޯ" ކުންފުނިން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް، ހައްޓާ އަވަށުގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށް ނިމޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް