މިދިޔަ ހަފްތާގައި މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމެއްގައި 295 މީހުން މަރުވެފައިވާއިރު އަނެއްކާވެސް އިތުރު ބިންހެލުމެއްގެ އަސަރު އެ ގައުމަށް ކޮށްފި އެވެ.
އެމެރިކާގެ ޖެއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ އިއްޔެ މެކްސިކޯއަށް އައިސްފައިވަނީ 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށެވެ. ބިންހެލުން އައިސްފައިވަނީ ދެކުނުގެ ސްޓޭޓެއް ކަމުގައިވާ އޯކްސާކާ އަށް ކަމަށެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މެކްސިކޯއަށް އައިސްފައިވަނީ 8.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. މި ބިންހެލުމާއި ގުޅިގެން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު އިމާރާތްތައް ދަށުގައި ތާށިވެފައިވާ ބައެއް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
މި ބިންހެލުމަކީ ފާއިތުވި ގަރުނެއްހާ ދުވަހުގެތެރޭގައިވެސް މެކްސިކޯއަށް އެރި އެންމެ ބާރުގަދަ ބިންހެލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް