މިރޭ މާލޭގައި ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު އޭގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
މި ދެ ޒުވާނުންނަށް ބަޔަކު ހަމަލާ ދީފައިވަނީ މާފަންނު އައިޓަމްސް ހުންނަ ގޯޅި ތެރެއިންނެވެ. މަރުވި ޒުވާނާގެ އުމުރަކީ 24 އަހަރެވެ. އަނެއް ޒުވާނާގެ އުމުރަކީ 19އަހަރެވެ.
ތޫނު އެއްޗަކުން ހަމަލާ ދިނުމުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ވ ކެޔޮދޫ ދޭލިޔާގޭ މޫސާ އަހުމަދު މަނިކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް