އިންޑޮނޭޝިޔާއަށް ބިންހެލުމެއް، ސުނާމީގެ އިންޒާރު އަދި ނެރެފައެއް ނުވޭ

އިންޑޮނޭޝިޔާގެ އިރިއާން ޖާޔާ ސަރަހައްދަށް 6.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައި ވާކަމަށް ޔޫއެސް ޖެއޮޖިކަލް ސާވޭއިން ބުނެފި އެވެ. މި ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިޔާގެ ސޮރޮންގް ސިޓީއާ 24 ކިލ...

24 Sep 2015 | 16:36

އިންޑޮނޭޝިޔާގެ އިރިއާން ޖާޔާ ސަރަހައްދަށް 6.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައި ވާކަމަށް ޔޫއެސް ޖެއޮޖިކަލް ސާވޭއިން ބުނެފި އެވެ.

މި ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިޔާގެ ސޮރޮންގް ސިޓީއާ 24 ކިލޯމީޓަރު ދުރުން 64 ކިލޯމީޓަރު އަޑިން ކަމަށްވެސް ޔޫއެސްޖީއެސް އިން ބުނެ އެވެ.

މި ބިންހެލުމާއި ގުޅިގެން އަދި އެއްވެސް ހާދިސާއެއް ހިނގާފައި ވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއްވެސް ދީފައެއް ނުވެ އެވެ.

2004 ވަނަ އަހަރު ސުނާމީއެއް އުފެދުނީ 9.1 އާއި 9.3 މެގްނިޓިއުޑްގެ ބިންހެލުމަކުންކަން ފާހަގަ ކުރެވެ އެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް