ގަވާއިދާ ޚިލާފަށް މާލޭގައި ބިއުޓީ ސެލޫނެއް ހިންގަމުންދިޔަ ބިދޭސީ އަންހެނަކު ޑީޕޯޓްކޮށްލައިފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމުގައިވާ "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް އާއި ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން، 2024 އޮގަސްޓު 11 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގި ކަމަށެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ އެ ބިދޭސީފަރާތަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ ފަރާތެއްކަން އެނގިފައިވާކަމަށާއި އަދި މި ބިދޭސީފަރާތާއި އޭނާގެ 04 ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، 2024 އޮގަސްޓު 13 ވަނަ ދުވަހު މި ފަރާތްތައް ވަނީ ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް