ފަލަސްތީނުގެ ގަތުލު އާމާއި ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމެޖެހިފައިވާ ކަމަށް ޑރ ޝަޒްރާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި ސެޝަން ބޭއްވުުމަށް ހަަމަޖެހިފައިވަނީ މި މަހުގެ30 ވާ ހުކުރު ދުވަހުގެ ރޭ20:00 ގައި، ހުޅުމާލޭގެ ރެނާޓަސް އިތާމުއި ހޯލް، ފުރަތަމަ ފަންގިފިލާ، ގައެވެ.
މި ސެޝަނަްއަކީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާއްމާއި ގުޅިގެން އާއްމުން ހޭލުންތެރިކޮށް، އެކަން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ސެޝަނެއް ކަމުގައި ޑރ ޝަޒްރާ ވަނީ ވިދާޅުވެފައެވެ.
މި ސެޝަންގައި، ފަލަސްތީނުގެ ބޯއިކޮޓް މޫވްމެންޓް އާއި، އިޒްރޭލަށް ފަންޑު ކުރާ އުފެއްދުންތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އުފެއްދުންތަކާއި، ފަލަސްތީނަށް އެހީވުމަށް އަހަރެމެންނަށް ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން މައުލޫމާތު ދެވޭނެއެވެ. އަދި މަސްޖިދުލް ގުދުސް އާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާނެ ކޯލިޝަނެއް ރާއްޖެ ހިމެނޭހެން އުފެއްދުމާއި، އިންޓަނޭޝަނަލް މުސްލިމަހް އެއިޑް އެންޑް އެޑިއުކޭޝަންގެ ވެބްސައިޓް ލޯންޗު ކުރުން ހިމެނެއެވެ.
މި ސެޝަންގައި ހިލޭ ރެޖިސްޓަރ ކުރެވޭނެއެވެ.
ފަލަސްތީނުގެ ޙައްގުގައި ޑރ ޝަޒްރާއާއި ޓީމް ކުރަމުން ގެންދަވާ މަސައްކަތައް ވީހާވެސް ގިނަ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ ޑރ ޝަޒްރާ އަދި ޓީމްގެ ވަރަށް ބޮޑު އެދުމެކެވެ.
އައިއެމްއޭއީ އިން، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެކި އިދާރާތަކަށް ވެސް މި މަހުގެ21 ވަނަ ދުވަހު ވަނީ ފަލަސްތީނުގެ ޙައްގުގައި ވަކާލާތު ކުރެއްވުމަށް ގޮވާލައްވާ ސިޓީއެއްވެސް ފޮނުވާފައެވެ.
އަދި ވީ އެންމެ އަވަހަކަށް އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށްވެސް އައިއެމްއޭއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އިންޓަނޭޝަނަލް މުސްލިމަހް އެއިޑް އެޑިއުކޭޝަން (އައިއެމްއޭއީ) އަކީ، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަށް ރާއްޖޭގެ ކަނބަލުން ތަކެއް ހިންގަމުން އަންނަ އެންޖީއޯއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް