އިސްރާއީލާއި ހަމާސް ޖަމާއަތުން ބަދަލުކުރަމުން އަންނަ ހަމަލާތައް ހުއްޓާލުމަށާއި މަސްރަހު ފިނިކުރުމަށް ފަށާފައިވާ ސުލްހައިގެ މަޝްވަރާތަކުން ކުރިއެރުންތައް ލިބެމުން އަންނަ ކަމުގައި އެމެރިކާއިން ބުނެފިއެވެ.
އިއްޔެ ފެށި ސުލްހައިގެ މަޝްވަރާތަކުގެ އެއް މެދުވެރިއަކީ އެމެރިކާއެވެ. އެމެރިކާއިން ރޭގައި ބުނެފައިވަނީ މަޝްވަރާތައް މި ހަފްތާ ބަންދުގައިވެސް ކުރއަށްދާނެ ކަމަށެވެ.
ސުލްހައިގެ މަޝްވަރާތައް މިފަހަރު އަލުން ފަށައިގަތް އެއް ސަބަބަކަށް ވެގެންދިޔައީ އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފާނެކަމުގެ ބިރު ބޮޑުވެ ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެގެން ދިއުމެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އިއްޔެގެ ނިޔަލަށް ޣައްޒާއިން 40،262 މީހަކު ޝަހީދުކޮށްލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް