ރިސޯޓު މަތީ މަގާމުތަކުގެ %50 ދިވެހިންނަށް ހާއްސަ ކުރާނެ: ރައީސްގެ މެނިފެސްޓޯ

ރިސޯޓު މަތީ މަގާމުތަކުގެ %50 ދިވެހިންނަށް ހާއްސަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފިއެވެ. މިހާރު ކުރިއަށްދާ ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރުގައި އެމްޑީޕ...

24 Aug 2023 | 17:18

ރިސޯޓު މަތީ މަގާމުތަކުގެ %50 ދިވެހިންނަށް ހާއްސަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފިއެވެ.

މިހާރު ކުރިއަށްދާ ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރުގައި އެމްޑީޕީއިން ތަންފީޒު ކުރާނެ މެނިފެސްޓޯގެ ފަހު ސިޔާސަތު އިފްތިހާހު ކޮށްފައެވެ. އެއީ 'އިގްތިސޯދީ ބޮޑު ބަދަލު' ސިޔާސަތެވެ.

މި ސިޔާސަތުގެ ދަށުން ހިމެނޭ 'ބާރުވެރި އިގްތިސޯދު' ގައި ހިމެނޭ އެއް ވައުދަކީ ފަތުރުވެރިކަމުން އެންމެންނަށް ނަފާ ހޯދައިދިނުމެވެ.

އެގޮތުން ސަރުކާރުން ކުރިއަށް ރާވާފައިވާ އެއް ކަމަކީ މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމު ތަކުގެ ތެރެއިން ފަތުރުވެރިކަމަށް ހާއްސަ ފުރުސަތުތައް ކަނޑައަޅާއި، ރިސޯޓުތަކުގެ މަތީ މަގާމުތަކުގެ 50 އިންސައްތަ ދިވެހިންނަށް ހާއްސަ ކުރުމަށް ވާސިލު ވުމެވެ. އަދި ފަސް އަހަރުގެ ތެރޭގައި 500 ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރޝިޕްތައް ފޯރުކޮށްދިނުމެވެ.

އޭގެ އިތުރުން މި ސިޔާތަުގައި ހިމެނޭ ބައެއް ކަންތައްތަކަކީ، މައިސް ޓޫރިޒަމް ފުޅާކުރުމަށޤ ރާއްޖޭގެ ވަކި ސަރަހައްދެއް ކަނޑައަޅައި ވަސީލަތްތައް ތަރއްގީ ކުރުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންނަށް ހާއްސަ ބީހުޔާވަިކަމުގެ ސްކީމެއް ތައާރަފު ކުރުން ފަދަ ކަންތައްތަކެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް