މުޅި ރާއްޖޭގައި ހާމައަށް ކުނި އެންދުން ހުއްޓާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފިއެވެ.
މިހާރު ކުރިއަށްދާ ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރުގައި އެމްޑީޕީއިން ތަންފީޒު ކުރާނެ މެނިފެސްޓޯގެ ފަހު ސިޔާސަތު އިފްތިހާހު ކޮށްފައެވެ. އެއީ 'އިގްތިސޯދީ ބޮޑު ބަދަލު' ސިޔާސަތެވެ.
މި ސިޔާސަތުގެ ދަށުން ހިމެނޭ 'ވިލުންވެރި އިގްތިސޯދު' ގައި ހިމެނޭ އެއް ވައުދަކީ ވިލުންތެރި މުޖުތަމައަކަށް ކުރިއަށް ރާވާފައިވާ ކަންތައްތަކެވެ.
އެގޮތުން ސަރުކާރުން ކުރިއަށް ރާވާފައިވާ އެއް ކަމަކީ ކުނި މެނޭޖް ކުރުމެވެ. އެހެންކަމުން މުޅި ރާއްޖޭގައި ހާމައަށް ކުނި އެންދުން ހުއްޓާލުން ވަނީ ސިޔާސަތުގެ ތެރޭގައި ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް