ރައީސްގެ މެނިފެސްޓޯ: މަސްވެރިކަމާއި ދަނޑުވެރިކަން ވަކި ދެ މިނިސްޓްރީއަކަށް ހަދާނަން

މަސްވެރިކަމާއި ދަނޑުވެރިކަން ވަކި ދެ މިނިސްޓްރީއަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފިއެވެ. މިހާރު ކުރިއަށްދާ ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރުގައި އެ...

24 Aug 2023 | 16:39

މަސްވެރިކަމާއި ދަނޑުވެރިކަން ވަކި ދެ މިނިސްޓްރީއަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފިއެވެ.

މިހާރު ކުރިއަށްދާ ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރުގައި އެމްޑީޕީއިން ތަންފީޒު ކުރާނެ މެނިފެސްޓޯގެ ފަހު ސިޔާސަތު އިފްތިހާހު ކޮށްފައެވެ. އެއީ 'އިގްތިސޯދީ ބޮޑު ބަދަލު' ސިޔާސަތެވެ.

މި ސިޔާސަތުގެ ދަށުން ހިމެނޭ 'ބާރުވެރި އިގްތިސޯދު' ގައި ހިމެނޭ އެއް ވައުދަކީ ސިނާއީ ދަނޑުވެރިކަމުގެ މަންފާ ހޯދައިދިނުމެވެ.

އެގޮތުން ސަރުކާރުން ކުރިއަށް ރާވާފައިވާ އެއް ކަމަކީ ދަނޑުވެރިކަމާއި މަސްވެރިކަން ވަކި ދެ މިނިސްޓްރީއެއް ގޮތުގައި ހަމަޖައްސައި، ސަރުކާރު ސިޔާސަތު އަދި ޕްރޮޖެކްޓްތައް އެ ސިނާއަތާ ގުޅޭގޮތަށް ބައްޓަން ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް