އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް ސްޓޭޝަނުގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހު މިރިޔާސްމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 4 ބުރުމާއާއި ގްރޭންޑަރަކާއި ޓޫލްސްތަކެކެވެ.
މިއީ އިންސިޑެންޓް ނަންބަރު 566860 ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ވެސް ފުލުހުން އެދޭ ކަން ބުނެފައިވެއެވެ.
މީގެ އިތުރަށް، ގަލޮޅު ޕޮލިސް ސްޓޭޝަނުގައި މި މަހު 11 ވަނަ ދުވަހު ރެޑްވޭވް ޕްލާޒާ ކައިރިން ހޮވައިގެން ގެނެސްފައިވާ ސޭފްޓީ ދައު ރޯލެއް ކަމަށާއި އަދި އެއީ އިންސިޑެންޓް ނަންބަރު 566403 ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހަމައެއާއެކު ލޮނުޒިޔާރަތްމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ، ވެހިކަލް ދެ ބެޓެރީގެ އިންސިޑެންޓް ނަންބަރަކީ 566165 ކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން، ގަލޮޅު ޕްލިސް ސްޓޭޝަނުގައި އޮގަސްޓް 17 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގުން މޭރީ ބްރައުން ކުރިމަތި ޕާކިންޒޯނުން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ ނޫކުލައިގެ މޯބައިލް ފޯނަކާއި ތަޅުދަނޑިފަތީގެ އިންސިޑެންޓް ނަންބަރަކީ 566791 ކަމަށް ފުލުހުން ބުނެއެވެ.
އަދި މިދިޔަ އަންގާރާގައި ނީލަން ފިހާރަ ކައިރިން ހޮވައިގެން ގެނެސްފައިވާ 19 ފޫޓުގެ 20 ދަގަނޑު ހޮޅީގެ އިންސިޑެންޓް ނަންބަރަކީ 567337 އެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަނުގައި ހުރި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށާއި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް