ރައީސް އިނގުރައިދޫ އަދި އިންނަމާދޫ ފެނުގެ ނިޒާމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތާއި އެއަތޮޅު އިންނަމާދޫ ފެނުގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފ...

24 Aug 2023 | 12:54

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތާއި އެއަތޮޅު އިންނަމާދޫ ފެނުގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ރައީސް މިޚިދުމަތްތައް ފަށްޓަވައިދެއްވީ އެމަނިކުފާނު މިހާރު، ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުކުރީގައިެވެ.

އެގޮތުން މިއަދު ރަސްމީ ގޮތުން ޚިދުމަތް ފަށްޓަވައިފައިވާ އިނގުރައިދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށްފައި ވަނީ، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

އަދި، އިންނަމާދޫ ފެނުގެ ނިޒާމް ޤާއިމްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބުލިޔު.އެސް.ސީ)އާ ޙަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނަށް ސާފުބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށްދިނުމުގެ މަޝްރޫޢުތަކަކީ، މިސަރުކާރުގެ މިދައުރުގެ ތެރޭގައި އެންމެ އިސްކަންދީގެން ހިންގާފައިވާ މަޝްރޫޢުތަކެއް ކަމަށް ރައީސް އޮފިހުން ފާހަގަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް