މުއިއްޒު ވައުދު ފުއްދާނެ، ވޯޓު ދެއްވާ: މުއިއްޒުގެ މަންމަ

ޕީއެންސީގެ ރިޔާސި ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެލައްވާ ވައުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވެ، ރިޔާސީ އިންތުހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް މުއިއްޒުގެ މަންމަ ހުސްނާ އާދަމް އިސްމާއީލް އެދި...

24 Aug 2023 | 12:39

ޕީއެންސީގެ ރިޔާސި ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެލައްވާ ވައުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވެ، ރިޔާސީ އިންތުހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް މުއިއްޒުގެ މަންމަ ހުސްނާ އާދަމް އިސްމާއީލް އެދިވަޑައިގެންނެވިއެވެ.

ރިޔާސީ ކެމްޕޭނަށް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މިއަދު ނ. ހޮޅުދޫއަށް ވަޑައިގެންނެވުމުން ހުސްނާވެސް ވަނީ މުއިއްޒުއަށް މަރުހަބާ ކިޔާފައެވެ.

އޭގެ ފަހުން މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ހުސްނާ ވިދާޅުވީ، މުއިއްޒު ވާދަކުރައްވާތީ ވަރަށް އުފާވާ ކަމަށާއި، އުންމީދު ކުރަނީ އެއްބުރުން މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުން ކަމަށެވެ.

"އެ ހަމަ ތެދެއް (ވައުދު ފުއްވާނެ). ކޮށްދެއްވާނެ ހަމަ. އެ ވާ ވައުދުތަކަކީ ފުއްދޭނެ ވައުދުތައް" ހުސްނާ ވިދާޅުވިއެވެ.

މުއިއްޒާމެދު ފުރިހަމަ ޔަގީންކަން އެބައޮތްކަން ފާހަގަ ކުރައްވައި ހުސްނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުރިހާ ރައްޔިޔުން ނުކުމެ މުއިއްޒަށް ވޯޓުލައި މުއިއްޒު ހޮއްވަވައިދޭން އެދޭ ކަމަށެވެ.

ރިޔާސީ ކެމްޕޭނަށް ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ށ އަދި ނ އަތޮޅަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ އަންގާރަ ދުވަހުއެވެ.

އެގޮތުން އިއްޔެ ވަޑައިގަންނަވާފައި ވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއަށް ފަހު ށ. ކަނޑިތީމު، ފޭދޫ، މިލަންދޫ، ކޮމަންޑޫ، ފޯކައިދޫ އަދި ފުނަދޫއަށް ވަޑައިގެންނެވިއެވެ.

އެރޭގެ ޖަލްސާ އޮތީ ފުނަދޫގައެވެ.

ށ. އަތޮޅު ނިންމަވާލެއްވުމަށްފަހު ނ. އަތޮޅަށް މުއިއްޒު ވަޑައިގެންނެވީ މިއަދުއެވެ. އެގޮތުން އެ ދުވަހު ވަޑައިގަންނަވާނީ ނ. ކެނދިކުޅުދޫ، މިލަދޫ، މަނަދޫ، ހޮޅުދޫ އަދި ވެލިދޫއަށެވެ.

ރޭ ޖަލްސާ އޮންނާނީ ވެލިދޫގައެވެ.

މާދަމާ ނ. މަނަފަރަށް ވަޑައިގެންނެވުމަށްފަހު ދަތުރު ނިންމަވައި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕޭނަށް މުއިއްޒު އެންމެ ފަހުން ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އަރިހުގައި އަނބިކަނބަލުންވެސް ދަނީ ކެމްޕޭން ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް