ކެމްޕެއިން ބެނަރތައް ކަދުރު ރުއްތަކުގައި ހަރު ނުކުރުމަށް ސިޓީ ކައުންސިލުން އަންގަވައިފި

ރިޔާސީ އިންތިހާބު 2023 ގެ ކެމްޕެއިން ބެނަރތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވާ ޖަހައި ދަމާފައިވާތީ އެކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާ އިން އަންގައިފިއެވ...

24 Aug 2023 | 12:16

ރިޔާސީ އިންތިހާބު 2023 ގެ ކެމްޕެއިން ބެނަރތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވާ ޖަހައި ދަމާފައިވާތީ އެކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާ އިން އަންގައިފިއެވެ.
އެ އިދާރާ އިން ބުނި ގޮތުގައި ބައެއް ޕާރޓީތަކުން މިހާރުވެސް ބެނަރތައް ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން އެ ރުއްތަކަށްދަނީ ގެއްލުން ލިބެމުންނެވެ.
އެގޮތުން ކެމްޕެއިންގެ އެއްވެސް ބެނަރ އެއް ނުވަތަ ދިދަފައްޗެއް ކަމުގައި ވީނަމަވެސް ކަދުރު ރުއްތަކުގައި ހަރު ނުކުރުމަށާއި އަދި އޮންނަ އުޞޫލުގެ ތެރެއިން ހުއްދަ ނަންގަވައިގެން ހޮޅިދަނޑީގައި ބެނަރ އަދި ދިދަފަތި ދެމުމަށް އެ އިދާރާ އިން އިލްތިމާސް ކޮށްފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ގިނަ ޕާޓީ ތަކުން އަންނަނީ ކެމްޕޭނަށް މާލޭގެ މަގުތަކުގައި ބެނަރ ދަމަމުންނެވެ. އަދި ހަމައެފަދައިން ދިދަފަތިތަށްވެސް ހަރު ކޮށްފައިވެއެވެ.

އޭގެ ތެރޭގައި ބޮޑުތަކުރުފާނުމަގާއި މަޖީދީ މަގުވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް