ލޯންޗްކޮޅުގައި މުއިއްޒު އަމިއްލައަށް ބޫޓު ސާފުކުރައްވާތަން ގިނަބައެއްގެ ސަމާލުކަމަށް

ރިޔާސީ ކެމްޕޭން ކުރައްވަން ވަޑައުގަތުމަށް ލޯންޗްކޮޅުގައި އިންނަވައި ޕީއެންސީގެ ރިޔާސި ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަމިއްލައަށް ބޫޓު ސާފުކުރައްވާތަން ފެނި ގިނަބައެއްގެ ސަމާލުކަން އެކަމަކށް ހުއްޓި...

24 Aug 2023 | 10:42

ރިޔާސީ ކެމްޕޭން ކުރައްވަން ވަޑައުގަތުމަށް ލޯންޗްކޮޅުގައި އިންނަވައި ޕީއެންސީގެ ރިޔާސި ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަމިއްލައަށް ބޫޓު ސާފުކުރައްވާތަން ފެނި ގިނަބައެއްގެ ސަމާލުކަން އެކަމަކށް ހުއްޓިއްޖެއެވެ.

އެ ވީޑިއޯ ސޯޝަލް މީޑިޔާގައި ހިއްސާކުރި މީހަކު ބުނެފައި ވަނީ، މުއިއްޒު މިއަދު ނ. ކެނދިކުޅުދޫއަށް ވަޑައިގެންނެވުމަށްފަހު ފުރާ ވަޑައިގެންނެވި ވަގުތު ލޮލުގައި އަޅައިގަތީ ތަފާތު މަންޒަރެއް ކަމަށެވެ.

އެގޮތުން އަމިއްލަފުޅަށް ބޫޓު ސާފު ކުރައްވާ މަންޒަރާއެކު މުއިއްޒުގެ ހިތް ތިރިކަން ހާމަވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރިޔާސީ ކެމްޕޭނަށް ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ށ އަދި ނ އަތޮޅަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ އަންގާރަ ދުވަހުއެވެ.

އެގޮތުން އިއްޔެ ވަޑައިގަންނަވާފައި ވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއަށް ފަހު ށ. ކަނޑިތީމު، ފޭދޫ، މިލަންދޫ، ކޮމަންޑޫ، ފޯކައިދޫ އަދި ފުނަދޫއަށް ވަޑައިގެންނެވިއެވެ.

އެރޭގެ ޖަލްސާ އޮތީ ފުނަދޫގައެވެ.

ށ. އަތޮޅު ނިންމަވާލެއްވުމަށްފަހު ނ. އަތޮޅަށް މުއިއްޒު ވަޑައިގެންނެވީ މިއަދުއެވެ. އެގޮތުން އެ ދުވަހު ވަޑައިގަންނަވާނީ ނ. ކެނދިކުޅުދޫ، މިލަދޫ، މަނަދޫ، ހޮޅުދޫ އަދި ވެލިދޫއަށެވެ.

ރޭ ޖަލްސާ އޮންނާނީ ވެލިދޫގައެވެ.

މާދަމާ ނ. މަނަފަރަށް ވަޑައިގެންނެވުމަށްފަހު ދަތުރު ނިންމަވައި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕޭނަށް މުއިއްޒު އެންމެ ފަހުން ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އަރިހުގައި އަނބިކަނބަލުންވެސް ދަނީ ކެމްޕޭން ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް