ދަރިންނަށް ޔޫޓިއުބުގައި ޕޭރެންޓް ކޮންޓްރޯލް ބޭނުން ކުރާނީ ކިހިނެތް؟

ޔޫޓިއުބުގައި އެތައް ސަތޭކަ ހާސް ވީޑިއޯތަކެއް އެބަހުއްޓެވެ. ނާސަރީ ރައިމަކަށް ވިޔަސް، މޮރަލް ސައިންސް ސްޓޯރީއަކަށް ވިޔަސް، ނޫނީ މަޖާ ކާޓޫނަކަށް ވިޔަސް ޔޫޓިއުބުން މި ވީޑިއޯތައް ބެލުމުގައި ވަގުތު ހޭދަކުރ...

23 Aug 2023 | 20:12

ޔޫޓިއުބުގައި އެތައް ސަތޭކަ ހާސް ވީޑިއޯތަކެއް އެބަހުއްޓެވެ. ނާސަރީ ރައިމަކަށް ވިޔަސް، މޮރަލް ސައިންސް ސްޓޯރީއަކަށް ވިޔަސް، ނޫނީ މަޖާ ކާޓޫނަކަށް ވިޔަސް ޔޫޓިއުބުން މި ވީޑިއޯތައް ބެލުމުގައި ވަގުތު ހޭދަކުރަން ދަރިން ވަރަށް ފޯރިހުރެއެވެ. އެކަމަކު ޔޫޓިއުބުގައި ވެސް ދަރިން ބަލަން ނުޖެހޭ އެތައް ވީޑިއޯއެއް ހުރެއެވެ.

މިހާރު ޕޭރެންޓް ކޮންޓްރޯލް ބޭނުންކޮށްގެން ދަރިންގެ ޔޫޓިއުބް އެކައުންޓްތަކަށް ރެސްޓްރިކްޝަންތައް އިތުރުކުރެވިދާނެއެވެ. ދަރިން މެޗޫއާ ކޮންޓެންޓް ބެލުން ހުއްޓުވުމުގެ އިތުރުން ވީޑިއޯ ބެލުމުގައި މާ ގިނަ ވަގުތު ހޭދަ ނުކުރުމަށް ޓައިމް ލިމިޓް ވެސް އިތުރު ކުރެވިދާނެ އެވެ.

މި ޕޭރެންޓަލް ކޮންޓްރޯލްތައް އެންޑްރޮއިޑް، އައިފޯން ނުވަތަ ޑެސްކްޓޮޕަށް އިންސްޓޯލްކޮށް ދަރިން ބަލަމުންދާ  ވީޑިއޯތަކުގެ ކޮންޓްރޯލެއް ލިބިގެންދެއެވެ. ޔޫޓިއުބް ކިޑްސްގެ ނަމުގައި ކުޑަކުދިންނަށް ވަކި އެޕްލިކޭޝަނެއް އޮތް ނަމަވެސް، ކޮންމެ ޑިވައިސްއެއްގައި ވެސް ކުދިން ރެގިއުލާ ޔޫޓިއުބް އެޕް ނުވަތަ ވެބްސައިޓް ބޭނުންކުރާނަމަ ރެސްޓްރިކްޝަންތައް އިތުރު ކުރެވިދާނެ އެވެ. މި ގޮތުގެމަތިން އަމަލުކޮށްފިނަމަ ޔޫޓިއުބަކީ ދަރިންނަށް ރައްކާތެރި ތަނަކަށް ހެދޭނެ ކަނ ޔަޤީނެވެ.

ޔޫޓިއުބް ކިޑްސް ބޭނުންކުރުން

ދަރިފުޅަށް ފުރިހަމަ ރައްކާތެރިކަން ބޭނުންވާނަމަ ޔޫޓިއުބް ކިޑްސް އަކީ ތިބާގެ ދަރިފުޅަށް އެންމެ ރަނގަޅު ޕްލެޓްފޯމެވެ. މިއީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. އަދި މި އެޕްލިކޭޝަނަކީ ކުޑަކުދިންނަށް ކަމުދާނެ ފަދަ ކުލަގަދަ އަދި ކުޅަދާނަ އެނިމޭޝަންތަކެއް ހިމެނޭ އެޕްލިކޭޝަނެކެވެ. ކުޑަކުދިންނާ ރައްޓެހި އިންޓަފޭސްގެ ސަބަބުން ބެލެނިވެރިންނަށް އޮންލައިންކޮށް ވީޑިއޯ ބެލޭނެ ގޮތް ތައް އެކުދިންނަށް ދަސްކޮށްދިނުމަށް ވެސް ފަސޭހަވެގެން ދެ އެވެ. މި ޕްލެޓްފޯމްގައި އެޑަލްޓް ނުވަތަ މެޗޫއާ ކޮންޓެންޓެއް ނެތުމުން މިއީ ދަރިންނަށް މުޅިން ރައްކާތެރި ކޮންޓެންޓެކެވެ.

އުނގެނުމާއި ،މިއުޒިކާއި ،ޝޯތަކާއި ،ޖަނަވާރުން ހިމެނޭ އެނިމޭޓެޑް ކޮންޓެންޓް ފަދަ ތަފާތު ކެޓަގަރީތަކަށް ކޮންޓެންޓް ގިންތި ކުރެވިދާނެ އެވެ.  އަދި އެޕް ހުޅުވޭނީ ބެލެނިވެރިއެއްގެ ބެލުމުގެ ދަށުން އެކަނި ކަމަށް ބުނެ ޕާސްކޯޑެއް ސެޓް ކުރެވިދާނެ އެވެ.

އެންޑްރޮއިޑް އަދި އައިއޯއެސްގައި ވެސް އެ ކުންފުނީގެ އެޕްލިކޭޝަންގެ އިތުރުން ޔޫޓިއުބް ކިޑްސް ވެސް ވެބްގައި ލިބެން ހުންނާނެ އެވެ. އެކަމަކު ޔޫޓިއުބް ކިޑްސް އަކީ އުމުރުން 12 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން ހަދާފައިވާ އެޕްލިކޭޝަންއެކެވެ. އެހެންކަމުން ބޮޑުވަމުން އަންނަ ކުދިންނަށް ޔޫޓިއުބް ކިޑްސް އަކީ އުނގެނުމަށް އެންމެ އެކަށީގެންވާ އެޕްލިކޭޝަނަކަށް ނުވެދާނެ އެވެ.

ރިސްޓްރިކްޝަންސް ތަކާއެކު ރެގިއުލާ ޔޫޓިއުބް ބޭނުންކުރުން

ކާޓޫނާއި ނާސަރީ ރައިމްތަކުގެ ބޭރުން ކޮންޓެންޓް ބޭނުންކުރެވޭ ވަރަށްވުރެ އުމުރުންދޮށީ ކުއްޖެއްނަމަ، އާދައިގެ ޔޫޓިއުބް އެޕްލިކޭޝަނަށް އެކްސެސް ދިނުން ރަނގަޅެވެ. އޭގެ މާނައަކީ ކޮންޓްރޯލް ދޫކޮށްލަން ޖެހޭ ވާހަކައެއް ނޫނެވެ. ރެގިއުލާ ޔޫޓިއުބް އެޕްލިކޭޝަންގައި ވާ ރެސްޓްރިކްޓެޑް މޯޑް މެދުވެރިކޮށް ބެލެނިވެރިންނަށް އެޕުން މެޗޫއާ ކޮންޓެންޓް ފިލްޓަރ ކުރެވޭނެ އެވެ. ޔޫޓިއުބް އެޕްލިކޭޝަންގެ މަތީ ކަނާތްފަރާތުގައި ޕްރޮފައިލް އިމޭޖްއަށް ޓެޕްކޮށްލުމުން ޔޫޓިއުބް ސެޓިންގްސްގެ ޖެނެރަލް ޓެބްގެ ތެރެއިން ރެސްޓްރިކްޓެޑް މޯޑް ފެންނާނެއެވެ. މިކަމުގެ ސަބަބުން މެޗޫއާ ނުވަތަ އެޑަލްޓް ވީޑިއޯތައް ފޮރުވުމަށް އެހީތެރިވެދެއެވެ.

އެއްވެސް ފިލްޓަރަކީ  100 ޕަސެންޓް  އެކިއުރޭޓް ފިލްޓަރެއް ނޫނެވެ. މި ސެޓިން ހަމައެކަނި މި ޑިވައިސްގައި މި އެޕްލިކޭޝަނަށް އެޕްލައިވޭ،" ރެސްޓްރިކްޓެޑް މޯޑް ސެޓިންގެ ޑިސްކްރިޕްޝަންގައި ބުނެފައިވެ އެވެ. އޭގެ މާނައަކީ ރެސްޓްރިކްޓެޑް މޯޑް އޮން ކުރާއިރު ޔޫޓިއުބުން މެޗޫއާ ވީޑިއޯތައް ފީޑުގައި ފެންނަން ނުވަތަ ބޭނުންކުރާ މީހާގެ އަލްގޯރިދަމަށް އައުން މަނާކުރި ނަމަވެސް، ޔޫޓިއުބުން ސައްހަކަމަށް 100 ޕަސެންޓް ގެރެންޓީ އެއް ނުނަގަ އެވެ.

ރެސްޓްރިކްޓެޑް މޯޑުން ތިރީގައިވާ ބާވަތްތަކަށް ނިސްބަތްވާ ކޮންޓެންޓް ބްލޮކް ކުރާނެއެވެ.

އޭގެ ތެރޭގައި:

މަސްތުވާތަކެތީގެ ވަބާ

ޖިންސީ ޢަމަލުތައް

ހަމަނުޖެހުން (ހަރުކަށި ޢަމަލުތަކާއި، ޤުދުރަތީ ކާރިސާތަކާއި، ހިތާމަވެރި ހާދިސާތައް)

މެޗޫއަރ ސަބްޖެކްޓްސް (ހަނގުރާމަ، ކުށް، އަދި ސިޔާސީ ހަމަނުޖެހުންތައް) ގެ ސަބަބުން ބޮޑެތި ޒަޚަމްތައް ނުވަތަ މަރުވުން

ހުތުރު ބަހުރުވަ

އަލިފާން ރޯކޮށްލާ، އިންފްލެމޭޓަރީ، ނުވަތަ ހިއުމިލިއޭޓިން ކޮންޓެންޓް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް