އަދަބު ދެވޭނެގޮތް ގާނޫނުގައި އޮންނާނެ، އިންސާފު ހޯދަންކަމަށްބުނެ މަސްލަހަތު ނަގާލާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

އަދަބު ދެވޭނެގޮތް ގާނޫނުގައި އޮންނާނެ ކަމަށާއި އިންސާފު ހޯދަންކަމަށްބުނެ މަސްލަހަތު ނަގާލާނަމަ ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި ...

24 Aug 2022 | 16:28

އަދަބު ދެވޭނެގޮތް ގާނޫނުގައި އޮންނާނެ ކަމަށާއި އިންސާފު ހޯދަންކަމަށްބުނެ މަސްލަހަތު ނަގާލާނަމަ ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވީ ހިނދު،އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުމަކީ ނުހަނު ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގާދާނެފަދަ އަމަލުތަކެއް ކަމަށެވެ.

"އެހެންކަމުން، މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް މި ޚިދުމަތުން އިލްތިމާސްކުރަމެވެ. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު އެކި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި ކުށެއްގެ ވެށިން އަތުލައިގަނެވޭ ބައެއް ފަރާތްތަކަށް އާންމުން އަނިޔާކުރާ މައްސަލަތައް ފެންމަތިވާ މިންވަރު މި ފަހަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން ރޭގައިވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާންމުން މީހަކަށް އަނިޔާކޮށް ގަންހިންގުވާފައިވެއެވެ. ރޭގައި އެކަން ކޮށްފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއްކުރިކަމުގެ ތުހުމަތު ކުރެވޭ ޓީޗަރަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް