މިއަހަރުގެ ބޮލީވުޑްގެ އެންމެ ހޮޓް ފިލްމީ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދެމަފިރިން މި ދުވަސްވަރު މަސައްކަތް ކުރަމުންދަނީ ފިލްމު "ބްރަހަމާޝްޓްރާ"ގެ ޕްރޮމޯޝަންގައި އެވެ.
ދެމަފިރިން އެކުގައި ފެނިގެންދާ އެ ފިލްމުގެ މޮރޮމޯޝަނަލް އިވެންޓެއްގައި މިދިޔަ ހަފްތާގައި ރަންބީރު ބުނީ ބޭނުންވާ ވަރަށް ފިލްމު ޕްރޮމޯޓް ކުރުމުގައި މަސައްކަތް ނުކުރެވޭ ކަމަށެވެ. އޭނާ ޖޯކެެއްގެ ގޮތުގައި ބުނީ އާލިއާ ބަލިވެ އިނދެ މާބޮޑަށް ފަލަވުމުންވެސް އެ މަސައްކަތަށް މަޑު ޖެހުން އަންނަމުންދާ ކަމަށެވެ.
މިކަމާއި މަޖާނެގި މީހުންނަށްވުރެ ގިނައީ ފާޑުކީ މީހުންނެވެ. މީހުންނަށް ރަންބީރުގެ އެ ޖޯކު ކަމަކު ނުދިޔަ އެވެ. އަދި އޭނާގެ ދަރިއަކަށް ބަލިވެއިންދަ އެފަދަ ގޮތަކަށް މުހާތަބު ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ދެކޮޅު ހިޔާލު ފާޅު ކުރި މީހުން ދިޔައީ ބުނަމުންނެވެ.
އެންމެ ފަހުން މިއަދު ރަންބީރު ވަނީ އާންމުންގެ ކިބައިން އާލިއާއަށް ޖޯކު ޖެހުނީތީ މައާފަށް އެދިފަ އެވެ. ހަމަ އެ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިން އޭނާ ބުނީ ދެމީހުން ގުޅުމުގެ ކުރިންވެސް އޭނާ އާލިއާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އާލިއާ ހިތުގައި ޖެހޭ އެއްވެސް އެއްޗެއް ނުބުނާނެ ކަމަށެވެ.
ރަންބީރު ބުނީ އާންމުންނަށް ކަމުނުދިޔަޔަސް އާލިއާއަށް އޭނާ ޖެހި ޖޯކު ވަރަށް ކަމުދިޔަ ކަމަށެވެ. އާލިއާ ފަލައޭ ބުނުމުން އާންމުން ރުޅިއައިސްގެން އުޅޭ ވާހަކަ ބުނުމުން އާލިއާ ވަރަށް ހީނ ހެދިކަމަށް ރަންބީރު ބުންޏެވެ.
ދެތަރިން ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް މަހު އެވެ. އަދި ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނު ކުރީ ޖޫން މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް