ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް

ށ. ކޮމަންޑޫ އާއި އެ ރަށް ކައިރީގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް އެބަދެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ/ އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުނ...

24 Aug 2022 | 14:42

ށ. ކޮމަންޑޫ އާއި އެ ރަށް ކައިރީގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް އެބަދެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ/

އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަސައްކަތް ކުރިޔަށްދާކަމަށެވެ. މިހާރު ކުރިޔަށް ދަނީ ކޮމަންޑޫގައި މިހާރު ޖަހާފައިވާ ރިވެޓްމެންޓް އާ ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅާލާނެ އެވެ.

މީގެ އިތުރުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެ އެވެ.

މިއީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް