މާރާމާރީއަކާއި ގުޅިގެން މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީއެއްގެ މައްސަލައަކާއި ގުޅިގެން މިއަދު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
"އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ވާހަކަ ދަންނަވަން" ފުލުހުން ބުނެފައިވެއެވެ.
މި ހައްޔަރާއި ގުޅޭ އިތުރު ބައެއް މައުލޫމާތު "މި" ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
އެގޮތުން އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ މީހަކު ހައްޔަރުކޮށްފައިވަނީ ހެންވޭރުގައި ހުންނަ ކެފޭއެއްގައި އިންދައެވެ. އެވަގުތު އެ ނޫހުގެ ނޫސްވެރިޔަކުވެސް އެ ސަރަހައްދުގައި ހުރި ކަމަށް "މި" ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
" ފުރަތަމަ އައީ އެސްއޯ ފުލުހުންގެ ބަޔަކު ސައިކަލްތަކެއް ގައެވެ. އަދި ފަހުން ފުލުސް ވެހިކަލެއްގައި އިތުރު ފުލުހުން އައެވެ.
ކެފޭތެރެއަށް ވަދެ އެ މީހާ ހައްޔަރުކޮށް ވެހިކަލަށް އަރުވައިގެން ގެންދަން ހޭދަވީ މަދު ވަގުތުކޮޅެކެވެ. ބެލެވޭ ގޮތުން އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ." މި ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
މާރާމާރީއަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާއިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ހަތަރު މާރާމާރީއެއް ހިންގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް