ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް، މުހައްމަދު ހަލީމް ވަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ހަލީމް، މަގާމުން ވަކިކޮށްފައި މިވަނީ އޭނާއަށް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވި ފަހުންނެވެ. އޭނާ ސަސްޕެންޑު ކުރީ އާންމު ކޮމިޓީން ބަލަން ފެށި މައްސަލަ އަކާއި ގުޅިގެންނެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭނާ ވަކިކުރީ 25 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް ބޭފުޅަކު ވޯޓުލާފައެއް ނުވެ އެވެ.
ހަލީމް ސަސްޕެންޑް ކޮށްފައި ވަނީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ކޮޓަރި ބަގްކޮށް، ދައްކާ ވާހަކަތައް ސިއްރުން އަޑު އަހަން އުޅޭ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ހަލީމަށް ފިޔަވަޅު އަޅާފައި ވަނީ އެނގި ހުރެ، އެކަމާ ދެކޮޅަށް ފިޔަވަޅު ނޭޅި މައްސަލައިގައި ކަމަށްވެއެވެ.
އޭނާ މަގާމަށް އައްޔަން ކުރީ 2013 ވަނަ އަހަރު އެވެ.
އޭގެ ކުރިން ހަލީމް އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް