މާލޭ ވީބީ މާޓްގެ ފިހާރައަކުން ވައްކަން ކުރި މީހަކު އެ ފިހާރައިގެ މުވައްޒަފުންތަކެއް ހިފަހައްޓައިފި އެވެ.
އެމީހާ ވައްކަން ކޮށްގެން ނުކުންނަށް އުޅެނިކޮށް ހިފެހެއްޓީ އެތަނުގެ ބިދޭސީ އަދި ދިވެހި މުވައްޒަފުންނެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު11:30 ހާއިރު އެވެ.
އެމީހާ ވަގަށް ނަގަން އުޅުނު ކަމަށް ބެލެވެނީ ފުޅިއެކެވެ. އެއީ އާންމު ވީޑިއޯއިން މުވައްޒަފެއްގެ އަތުގައި ފުޅިއެއް އޮންނަތަން ފެންނާތީ އެވެ.
އެމީހުން ވަނީ އެމީހާ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް