ހއ. ހޯރަފުށީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ނައިޖީރިއާގެ ޑޮކްޓަރު ޑިއުޓީ ގަޑީގައި ނިދާތީ ސަސްޕެންޑުކޮށްފި އެވެ.
މި ޑޮކްޓަރުގެ މައްސަލަ ފެންމަތިވީ ތުއްތު ކުއްޖަކު ޑޮކްޓަރަށް ދައްކަން އިއްޔެ ރޭ އެ މަރުކަޒަށް ދިޔަ މީހަކު ސޯޝަލް މީޑިއާގައި އެވާހަކަ ޖެހުމުންނެވެ. އެމީހާ ބުނީ30 މިނެޓުވަންދެން ކިއުގަ ހުރެފަ ނަމްބަރު ޖެހުމުން ޑޮކްޓަރު ކޮޓަރިއަށް ދިއުމުން “ރެސްޓު ކުރަނީ ކަމަށް” އެންގި ކަމަށެވެ.
ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް ރަޝީދު މީޑިއާގައި ވިދާޅުވީ ޑޮކްޓަރު އިއްޔެ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑު ކުރީ އިއްޔެރޭގެ ހާދިސާ އާއި ގުޅިގެންނެވެ.
އެ ޑޮކްޓަރާއި އެކު އެ މަރުކަޒުގައި މިސްރުގެ ޑޮކްޓަރަކު މަސައްކަތް ކުރެ އެވެ. އެކަމަކު މިވަގުތު އޭނާ ހުރީ ބަލިވެގެން ސަލާމުގައި އެވެ.
އެހެންވެ ހދ. ކުޅުދުއްފުށީގައި މަސައްކަތް ކުރަމުން އަންނަ ޕާކިސްތާނުގެ ޑޮކްޓަރަކު ހޯރަފުށި ސެންޓަރަށް ގެންގޮސް ބަލި މީހުން ބަލަން ފަށާފައިވާ ކަމަށް ރަޝީދު ވިިދާޅުވި އެވެ.
އެ ޑޮކްޓަރު ސަސްޕެންޑު ކުރި އިރު ބަލި މީހަކު ބަލަން އިންކާރު ކުރުމުން ނައިޖިރިއާގެ އެ ޑޯކްޓަރުގެ މައްސަލަ ހެލްތް މިނިސްޓްރީންވެސް ވަނީ ބަލަން ފަށާފަ އެވެ.
ޑޮކްޓަރުގެ ޝަކުވާ އިއްޔެރޭ ސޯޝަލް މީޑިއާގައި އެމީހާ ކުރުމުން އެ ޑޮކްޓަރު ކޮޓަރީ މޭޒުގައި ބޯ އަޅައިގެން ނިދާފައި އޮންނަ ގިނަ ފޮޓޯތަކެއް ވަނި އާންމުވެފައި އެވެ. އެންމެ ފަހުން ބަލި މީހަކު ކޮޓަރީގައި އިންދަ އެ ޑޮކްޓަރު މޭޒުމަތީ ބޯއަޅައިގެން ނިދާފައި އޮންނަ ފޮޓޯއެއް ވަނީ އާންމުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް