ޓެކްސީގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކޮށްފި

ޓެކްސީގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމް ކޮށްފި އެވެ. ޓެކްސީ ގަވައިދަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެޒެޓު ކުރީ އިއްޔެ އެވެ. ގެނެސްފައިވާ އިސްލާހުތަކުގައިވާގޮތުން ޓެކްސީތަކުގައި ޑޭޝް ކެމެރާއިން ރެކޯޑް...

24 Aug 2022 | 08:03

ޓެކްސީގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމް ކޮށްފި އެވެ.

ޓެކްސީ ގަވައިދަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެޒެޓު ކުރީ އިއްޔެ އެވެ.

ގެނެސްފައިވާ އިސްލާހުތަކުގައިވާގޮތުން ޓެކްސީތަކުގައި ޑޭޝް ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭނެ އެވެ. މިކަން ކުރަން ޖެހެނީ ޓެކްސީގެ ހިދުމަތް ދޭ ގަޑީގައި އެވެ.

މި ގަވައިދުގައި ކާރު ޓެކްސީގެ މިންގަނޑުތަކަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުން ކޮންމެ ޓެކްސީ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަންޖެހެ އެވެ. އަދި ޓެކްސީ ކާރުތައް އެއާކަންޑިޝަން ކޮށްފައި ހުރުމަކީ ވެސް ޝަރުތެކެވެ.

ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކަންޑިޝަން މަސައްކަތް ނުކުރާ ނަމަ އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވައިދުގައިވެ އެވެ.

ގަވައިދަށް މިހާރު ވަނީ "ޕްރައިވެޓް ހަޔަ" ގެ ހިދުމަތް ދިނުމާ ބެހޭ ބައި އިތުރުކޮށްފަ އެވެ. މިއީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ޓެކްސީގެ ހިދުމަތެވެ.

އަލަށް ހެދި ގަވައިދަށް އަމަލުކުރަން ފަށާނީ އިއްޔެއިން ފެށިގެން ހަ މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް