ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ކަމުން ސުހައިލް އަހްމަދު އިސްތިއުފާ ދެއްވައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ސުހައިލް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އިސްތިއުފާ ދެއްވީ ކީއްވެކަން އެނގިފައެއް ނުވެއެވެ. ހާމަކޮށްފައެއްވެސް ނުވެއެވެ.
ސުހައިލް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައިވެސް އޭނާ ވަނީ އެ މަގާމު އަދާކުރައްވާފައެވެ. އެގޮތުން 2012 އިން 2015 އަށް އެ މަގާމު ފުރުއްވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެއް ފަހަރު އެ މަގާމުން އިސްތިއުފާވެސް ދެއްވިއެވެ. ދެން އެ މަގާމަށް އަލުން ވަޑައިގެންނެވީ 2018 ވަނަ އަހަރުގައި މި ސަރުކާރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް