ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން މުހައްމަދު އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް މިއުވާން އައްޔަންކޮށްފައިމިވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު މަބްރޫކް އަޒީޒް، ތަރުޖަމާނުގެ މަގާމުން އިސްތ...

24 Aug 2022 | 07:08

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން މުހައްމަދު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް މިއުވާން އައްޔަންކޮށްފައިމިވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު މަބްރޫކް އަޒީޒް، ތަރުޖަމާނުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް އޮފީހުން މިކަން ހާމަކޮށް އެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހުގެ ހިންގުމާއި ހަވާލުވެހުންނެވި ހިސާން އަލީ (ހިސްކޮ) ވިދާޅުވީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމުން މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވާފައިވާކަމަށާއި އެ އޮފީހާއި ސަރުކާރަށް އޭނާ ކޮށްދެއްވާފައިވަނީ ވަރަށް އިހުލާސްތެރި، އަދި އަގުހުރި ހިދުމަތްތަކެއް ކަމަށެވެ.

"އޭނާ ކޮށްދެއްވާފައިވާ ތައުރީފު ހައްގު މަސައްކަތަކަށް ޝުކުރު ދަންނަވަން" ހިސާން ވިދާޅުވެފައިވެއެވެ.

ހިސާން އިތުރަށް ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް މިއުވާން މުހައްމަދު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް މިއުވާން އައްޔަންކުރައްވާފައިވާއިރު މިއުވާން ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައެވެ.

އެ މަގާމުން މިއުވާން އިސްތިއުފާ ދެއްވީ މީގެ ދެ ދުވަސް ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް