އޭ-އެސް އަދި އޭލެވް އިމްތިހާނު އެޑެކްސެލްއިން ކޭމްބްރިޖަށް ބަދަލުކޮށްލަން ނިންމައިފި

މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދެމުން އައި އެޑެކްސެލް އިންޓަނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލްގެ އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް އިމްތިހާނު ދިނުމަށް އެޑިއުކޭޝަ...

24 Aug 2022 | 05:14

މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދެމުން އައި އެޑެކްސެލް އިންޓަނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލްގެ އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް އިމްތިހާނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިގޮތުން ކޭމްބްރިޖ އިންޓަނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް ސިލަބަހަށް ކިޔަވައިދިނުމާއި އިމްތިހާނުތައް ފެށުން ތިރީގައިވާ ޝެޑިއުލާއި އެއްގޮތަށް ކުރިއަށްދާނެކަމަށެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ޝެޑިއުލް

2024 – 2023 ވަނަ ދިރާސީ އަހަރު ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލަށް ކިޔަވައިދޭން ފެށުން

2024 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބޭއްވުން

2025 – 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-ލެވެލް އަށް ކިޔަވައިދޭން ފެށުން

2025 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-ލެވެލް އިމްތިހާނު ބޭއްވުން

އެޑިއުކޭޝަނުން ހާމަކޮށްފައިވާގޮތުގައި މި ބަދަލު އައި ނަމަވެސް މިހާރު މަތީ ސާނަވީއަށް ކިޔަވަމުންގެންދާ އަދި މި އަހަރުގެ މަތީ ސާނަވީގެ ގްރޭޑް 11 ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް