ފޭސް ދޭއްގައި ބަޔަކު އަނިޔާކުރި ޓީޗަރު މިހާރު އެހުރީ ހައްޔަރުކޮށްފައި: ފުލުހުން

ރޭގެ ވަގުތެއްގައި ހުޅުމާލޭ ފޭސް ދޭއްގައި ދިވެހި ފިރިހެން ޓީޗަރަކު އެ ޓީޗަރު ދިރިއުޅޭ ފްލެޓުން ނެރެ އަނިޔާކޮށް ބަރަހަނާކުރި ޓީޗަރު މިހާރު ހުރީ ހައްޔަރުކޮށްފައި ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން މި...

24 Aug 2022 | 04:40

ރޭގެ ވަގުތެއްގައި ހުޅުމާލޭ ފޭސް ދޭއްގައި ދިވެހި ފިރިހެން ޓީޗަރަކު އެ ޓީޗަރު ދިރިއުޅޭ ފްލެޓުން ނެރެ އަނިޔާކޮށް ބަރަހަނާކުރި ޓީޗަރު މިހާރު ހުރީ ހައްޔަރުކޮށްފައި ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ ފޭސް ދޭއްގެ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހުރި ރުކެއްގައި ދޮށުގައި އެ މީހާ ބަހައްޓާ އޭނާއާ ދިމާލަށް އެއްޗެހި ގޮވާތަނެވެ. އެގޮތުން އޭނާ ކުއްޖަކާ ބެހުނު ކަމަށް އެއްބަސްވުމަށާއި އެ ވާހަކަ ކިޔައިދިނުމަށް މީހުން ގޮވާ އަޑު އިވެ އެވެ. އެއަށްފަހު އެމީހާ ބަރަހަނާ ކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑީއާ އޮފިޝަލް ވިދާޅުވީ ސްކޫލް ކުއްޖަކަށް ޓިއުޝަން ދިނުމަށް ކަމަށްބުނެ ގެއަށް ގެންގޮސް، ކުއްޖާއަށް ބަދުއަހުލާގީ ވީޑިއޯ ދެއްކި މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަށް މިނިސްޓްރީއަށް ހުށަހެޅީ މިމަހުގެ17 ވަނަ ދުވަހު އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަ އެ ދުވަހުން ފެށިގެން އޭނާއަށް ސްކޫލަށް ހާޒިރު ނުވެވޭގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށްވެސް ހުށަހެޅި ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް