ބޮލީވުޑްގެ ސުޕާ ސްޓާ އަމީތާބު ބައްޗަންއަށް އަނެއްކާވެސް ކޯވިޑް-19 ޖެހިއްޖެ އެވެ.
އެކަން ހާމަ ކުރީ އަބީތާބުގެ ރަސްމީ ޓުވިޓާ އެކައުންޓުންނެވެ. އޭނާއަށް ކޯވިޑް ޖެހިފައިވާކަން އެނގުނީ އިއްޔެ އެވެ.
އަމީތާބު ބުނީ އޭނާ އާއި ކޮންޓެކްޓުވެފައިވާ މީހަކު ވާނަމަ ބައްޔަށް ޓެސްޓު ކުރުމަށް އެދޭ ކަމަށެވެ.
އަމީތާބަށް ފުރަތަމަ ކޯވިޑް ޖެހުނީ2020 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެފަހަރު އޭނާގެ ހާލަތު ގޯސްވެދާނެތީ ޕޮސިޓިވް ވީންސުރެ ރަނގަޅުވަންދެން ފަރުވާދީފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
އެ ފަހަރު އެ އާއިލާއިން ބަލި ޖެހުނު މީހުންގެ ތެރޭގައި އަބީޝެކް ބައްޗން، އައިޝްވާރްޔާ ރާއީ ބައްޗަން އަދި އަރާދްޔާ ބައްޗަން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް