ބަޔަކު އަނިޔާ ކުރީ ޓިއުޝަން ދޭން ގެންގޮސް ކުއްޖާއަށް ބަދުއަހުލާގީ ވީޑިއޯ ދެއްކި ޓީޗަރަކަށް!

ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ ހުޅުމާލޭ ފޭސް ދޭއްގައި މިރޭ އަނިޔާ ކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގ...

23 Aug 2022 | 19:09

ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ ހުޅުމާލޭ ފޭސް ދޭއްގައި މިރޭ އަނިޔާ ކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ ފޭސް ދޭއްގެ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހުރި ރުކެއްގައި ދޮށުގައި އެ މީހާ ބަހައްޓާ އޭނާއާ ދިމާލަށް އެއްޗެހި ގޮވާތަނެވެ. އެގޮތުން އޭނާ ކުއްޖަކާ ބެހުނު ކަމަށް އެއްބަސްވުމަށާއި އެ ވާހަކަ ކިޔައިދިނުމަށް މީހުން ގޮވާ އަޑު އިވެ އެވެ.

މި މައްސަލައިގަ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މިރޭގެ ހާދިސާ އާއި ގުޅިގެން އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަަށުގައި ކަމަށެވެ. އޭނާ އާއި ދެކޮޅަށް ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ މައްސަލަ ހުށަހެޅީ މިމަހުގެ15 ވަނަ ދުވަހު އެވެ.

އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑީއާ އޮފިޝަލް ވިދާޅުވީ ސްކޫލް ކުއްޖަކަށް ޓިއުޝަން ދިނުމަށް ކަމަށްބުނެ ގެއަށް ގެންގޮސް، ކުއްޖާއަށް ބަދުއަހުލާގީ ވީޑިއޯ ދެއްކި މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަށް މިނިސްޓްރީއަށް ހުށަހެޅީ މިމަހުގެ17 ވަނަ ދުވަހު އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަ އެ ދުވަހުން ފެށިގެން އޭނާއަށް ސްކޫލަށް ހާޒިރު ނުވެވޭގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށްވެސް ހުށަހެޅި ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް